`
މަތިވެރި ސްކޫލް
އއ.މަތިވެރި / ދިވެހިރާއްޖެ
އިޢުލާނު
ނަންބަރު: (IUL)GS-152/INDV/2024/27
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
2025 ވަނަ އަހަރު މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރާއެވެ. މެއިލް ކުރައްވާ ނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2024 ޑިސެމްބަރ 30 ވާ ހޯމަ ދުވަހުގެ 12:30 ކުރިން މި ސްކޫލްގެ [email protected] އީމެއިލަށެވެ.
- މި ކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2024 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 2025 ޖަނަވަރީ 5 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލް އިދާރާގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބިލަމެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ޖުމާދަލްއާޚިރާ 1446
24 ޑިސެންބަރު 2024