ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2024/26
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ދ.ރިނބުދޫ އައުޓްޑޯ ވޮލީކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް ނުވަތަ ކުންފުނި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓްރީ ކުރުން:
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލް އިދާރާގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 23 ޑިސެމްބަރ 2024 އިން 25 ޑިސެމްބަރ 2024 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ދ.ރިނބުދޫ ކައުންސިލް އިދާރާގައި ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 26 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ބަލައިގަތުން :
މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ އައުޓް ޑޯ ވޮލީކޯޓް މަސައްކަތް " މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 30 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުމާދަލްއާޚިރާ 1446
23 ޑިސެމްބަރ 2024