ދިވެހިރާއްޖެ
އިޢުލާން
3 ބުރި ޢިމާރާތެއް އެޅުމާ ބެހޭ
މި ސްކޫލުގައި 3 ބުރި ޢިމާރާތެއް (9 ކްލާސް ރޫމުގައި ފާޚަނާ) އެޅުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގެ ކަނޑައެޅިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން ދެއްވައި މިސެޝަންތަކުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ދިނުން  | 
 28 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:30 ގައި  | 
| 
 ޕްރީބިޑް މީޓިންގ  | 
 03 އޯގަސްޓް 2015 ވާ ހޯމަ ދުވަހުގެ 11:30 ގައި  | 
| 
 ޕްރީބިޑުގެ ސުވާލުތަކަށް ޖަވާބުދިނުން  | 
 10 އޯގަސްޓް 2015 ވާ ހޯމަ ދުވަހުގެ 11:30 ގައި  | 
| 
 ބިޑް ހުށަހެޅުމާއި ހުޅުވުން  | 
 18 އޯގަސްޓް 2015 ވާ އަންގާރަ ދުވަހުގެ 11:30 ގައި  | 
މިބައްދަލުވުންތަކުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެއްވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހައިސިއްޔަތުން އެއްފަރާތެވެ. މި ބައްދަލުވުންތަކަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ މަޢުލޫމާތު ފޯމުގައި ކަނޑައެޅިފައިވާ އިންސައްތައިން މާރކްސް ދީގެން އެންމެ މަތީ މާރކްސް ލިބިވަޑައިގަންނަވާ ފަރާތެކެވެ.
އަދި ދަންނަވަމެވެ. ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި މިހާރު ހުރި 2 ކްލާސް ރޫމާއި ކޮންކްރީޓް ފެން ތާނގީ އަދި ކަޅުހަންތައް ބަހައްޓާފައިވާ ބުޑުތައް، ވުޟޫކުރާ ފެން އިސްކުރުބަރި ތަޅައި ތަން ސާފުކޮށް މިހާރު ބޭނުންކުރާ ކަޅުހަން ތާނގީތައް މި ސްކޫލުން ދައްކާ ތަނެއްގައި ބެހެއްޓުމަށް ބޭނުންވާ ބުޑުއަޅައި ތާނގީތައް ބަހައްޓައި ފެންވައިރުކޮށް ކުދީންނަށް ވާރޭފެން ބޭނުން ކުރެވޭގޮތް ހަދައި ދިނުމަކީ މަސައްކަތާއި ޙަވާލުވާ ފަރާތުން ކޮށްދޭންޖެހޭ ކަމެއްކަމުގައި ދެންނެވީމެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6861989 ފޯނާ ގުޅުއްވުން އެދެމެވެ.
27 ރަމަޟާން 1436
