ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
1އަހަރު ދުވަހަށް 1 ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

 

މި ސްކޫލްގައި މަސައްކަތް ކުރައްވާ މިޞްރުގެ ޓީޗަރ ހުންނަވާނޭ ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވި ފަރުނީޗަރާއެކު މަދުވެގެން 1 ކޮޓަރި، ސިޓިންގ ރޫމް އަދި ބަދިގެއެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާރޓްމެންޓަކަށްވާން ވާނެއެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. ގެއެއް ނުވަތަ އެޕާރޓްމެންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން، 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 30 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސްކޫލަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި [email protected]އަށް މެއިލްކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

  2. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  14 ޖެނުއަރީ 2025 ވާބުރާސްފަތި ދުވަހުގެ 11:00 ގައި  މި ސްކޫލްގައެވެ. ދެވިފައިވާ ގަޑީގެ ފަހުން އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. 

  4. މި ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އަދި ބީލަން ހުށަހަޅާ ފޯމް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

      އީ-މެއިލް: [email protected]

23 ޑިސެންބަރު 2024
ހޯދާ