ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމުގެ މިސްކިތްތަކުގައި ހަރުކޮއްފައި ހުރި 24000 ބީ.ޓީ.ޔޫ. ގެ 57 އޭސީ ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ. ގަމުގެ މިސްކިތްތަކުގައި ހަރުކޮއްފައި ހުރި 24000 ބީ.ޓީ.ޔޫ. ގެ 57 އޭސީ ސަރވިސް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން  31 ޑިސެމްބަރ 2024 ގެ 14:00 ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން  ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

31 ޑިސެމްބަރ 2024 (އަންގާރަ) އާއި ހަމައަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

09 ޖަނަވަރީ 2025 (ބުރާސްފަތި) ގައި

13:00

 

         އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 / 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

22 ޑިސެންބަރު 2024
ހޯދާ