ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. ވެލިދޫގައި 05 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2024/392

އިޢުލާން

ނ. ވެލިދޫގައި 05 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

    މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، ބީ.އޯ.ކިޔު އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ނ. ވެލިދޫގައި 05 ޓްރާންސްފޯމަރު ހަޓު އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރު: FNK-I/IUL/2024/381 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

22 އިން 26 ޑިސެމްބަރު 2024

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

25 ޑިސެމްބަރު 2024

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

29 ޑިސެމްބަރު 2024

11:00 ހެނދުނު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީ ކުރުން

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)

-ކުންފުނީގެ ނަން

-ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލްއަށް، އީމެއިލް ކުރާ ދުވަހު ބީ.އޯ.ކިއު އަދި ގުޅުންހުރި ލިޔެކިޔުންތައް ފޮނުވޭނެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ނޯޓު: ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 ޑިސެންބަރު 2024
ހޯދާ