އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަލައިދޫ ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކަލައިދޫ ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޑިސެންބަރ 2024 އިން 24 ޑިސެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އިޢުލާނާއިއެކު އެޓޭޗުކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޢިއުލާނުގައި ވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 25 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލު އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 30 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލް އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލު/ވައިބަރގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަލައިދޫ ސްކޫލް
ލ.ކަލައިދޫ ، ދިވެހިރާއްޖެ.
ފޯން: 6800743
އީމެއިލް: [email protected]
22 ޑިސެންބަރ 2024
22 ޑިސެންބަރު 2024
ހޯދާ