ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު މަސްޖިދުލް ވަފާ އަދި ހިނަވާގެ މަރާމާތުކުރުން

އިޢުލާން

ހިންނަވަރު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މަސްޖިދުލް ވަފާ އަދި ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަމްބަރ: (IUL)326/PRIV/2024/24 ބާޠިލްކުރުމަށްފަހު، އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު ކުރެހުމާއި މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް        24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމް ވާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ބީލަން (ބިޑް) ހުށަހަޅާ ފޯމް ހަވާލުކުރެވޭނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް ހުޅުވުން އޮންނާނީ 31 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

 

 

19 ޑިސެންބަރު 2024
ހޯދާ