ދިވެހިރާއްޖެ
2025ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ބީލަން ހުށަހެޅުމުގެ ދަޢުވަތު
01 ޖެނުވަރީ 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ސްކޫލުގެ އިދާރާއިން މާއުލޫމާތު ސާފުކުރުމަށްފަހު 26 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ބިޑް ސްކޫލަށް ހުށަހެޅުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރ: 18/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7907948 ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.