މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިބާދާތު މަރާމާތު ކޮއްދޭނޭ ފަރާތެއް ހޯދުމާ ގުޅޭ

މަސްޖިދުލް ޢިބާދާތުގެ ވުޟޫކުރާބައި އަދި ފާޚާނާގައި ޖަހާފައިވާ މުށިތައް ބަދަލުކޮށް އާބާތުރަފިލުވުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދާން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އިއުލާނާއިއެކު ޝާއިއުކުރެވިފައިވާ ފޯމު މެދުވެރިކޮށް މި އިދަރާގެ ކައުންޓަރަށް ނުވަތަ އިއުލާނުގައިވާ އީ-މެއިލް މެދުވެރިކޮށް އަގު ހުށެއެޅުއްވުމަށް ދަންނަވަމެވެ .

 

މި މަސައްކަތާއި ގުޅޭ މަޢުލޫމާތުކަރުދާސް އިޢުލާނާ އެކު ޝާއިޢުކުރެވިފައިވާނެއެވެ. މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަޙްމަދު މަޙްފޫޟް، ސެކްރެޓަރީ ޖެނެރަލް):

7763264

19 ޑިސެންބަރު 2024
ހޯދާ