ދިވެހިރާއްޖެ
އިޢުލާން
ހއ. ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ޢުސޫލު 2024 އަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
މިރަށުގައި ދަނޑުވެރިކަން ކުރުމަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤްޞަތުގައި މިރަށުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް މިކައުންސިލުން މިދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން " ހއ.ފިއްލަދޫއިން ދަނޑުބިން ދޫކުރުމުގެ އުޞޫލް 2024" ގެނަމުގައި ދަނޑުބިން ދޫކުރުމުގެ އުޞޫލެއް މިވަނީ ޑްރާފްޓް ކުރެވިފައެވެ. މިއުޞޫލަކީ ހުރިހާ ފަރާތްތަކަށްވެސް އަމަލުކުރަން ފަސޭހަ އަދި ދެމެހެއްޓިނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ފަސޭހަ އުޞޫލަކަށް ހެދުމަށްޓަކައި، ދާއިރާއާގުޅޭ ފަރާތްތަކުގެ ބިނާކުރަވަނިވި ހިޔާލު ބޭނުންވެއެވެ. ވީމާ އިޢުލާނާއެކު އާންމު ކުރެވިފައިވާ ހއ. ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ޢުސޫލު 2024 އަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ލިޔުމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލަމެވެ. އީމެއިލް ކުރައްވާނަމަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އަދި ވައިބަރ މެދުވެރިކޮށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަމްބަރ 9211533 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.