ދިވެހިރާއްޖެ
މިރަށުން މިހާތަނަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިންބައެއްގޯތި ތަކަކީ ގޯތި ދޫކުރިފަހުން 5 (ފަހެއް) އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ގޯތި ކަމަށްވެފައި މީގެތެރެއިން ގިނަ ޢަދަދެއްގެ ގޯތިތަކުގައި ދޫކުރިފަހުން ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމާއި ގޯތީގެ އިންފާހަގަކޮށް ސާފުކޮށް ބަލަހައްޓަމުން ނުގެންދާތީ އެތަންތަނުގައި ވިނަފަޅާ ގަސްހެދި އެގޯތި ތަކާ އިންވެގެން އޮންނަ މީހުންދިރިއުޅޭ ގޯތިތަކަށް އުނދަގޫފޯރާތީ އެކަމުގެޝަކުވާ ތަކުރާރުކޮށް މިކައުންސިލަށް ލިބެމުންދާތީ މިކަމާއިގުޅިގެން ތަކުރާރުކޮށް ގޯތިތަކުގެ ވެރިފަރާތްތަކަށް އެތަންތަންސާފުކޮށް ބެލެހެއްޓުމަށް އެންގިފައިވީނަމަވެސް ބައެއް ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކުރެވެއެވެ. ދިރިއުޅުމުގެ ބޭނުމަށް ކައުންސިލުން ގޯތިދޫކުރަނީ އާއްމުކޮށް ޢިއުލާނުކޮށް ގޯއްޗަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ދިރިއުޅެވޭނެގޮތެއް ނެތްކަމަށް ބުނާ ވަކިޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ކަމަށްވީނަމަވެސް ގޯތިލިބުމުން ގޯތީގައި ދިރިއުޅުމަށް މަސައްކަތެއް ކުރެވެމުންނުދާކަން ފާހަގަކުރެވެއެވެ. މިކަން މިހެން އޮތުމުން ރަށުގެ އާބާދީއާއި ނުބައްދަލު މިންވަރަށް މިހާރުވެސް ރަށުން ގޯތިދޫކުރެވިފައިވާތީ އިތުރަށް ގޯތިދޫކުރަން ސަރުކާރުން ހުއްދަނުދޭތީ ދިރިއުޅުމަށް ގޯތި ބޭނުންވާ ގިނަ ފަރާތްތަކެއް އެކަމުން މަޙްރޫމްވެ ދިރިއުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން މިކަމަށް ޙައްލެއްހޯދުމަށް ކައުންސިލުން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާގޮތުގެމަތިން ޢަމަލުކުރުމަށް ކައުންސިލްގެ 183 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ ރ. ހުޅުދުއްފާރުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދޫކުރިފަހުން 5 (ފަހެއް) އަހަރަށްވުރެ ގިނަދުވަސްވެފައިވާ، ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކުރާގޯތިތަކަށް 1(އެކެއް) އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކުރާ ގޯތިތައް ބާތިލު ކުރުމަށް ޝަރުޢީ މަރުހަލާ މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު އެފަދަ ގޯތިތައް ބާތިލުކުރުމަށެވެ.
ވީމާ 01 ޖެނުއަރީ 2025 ފެށިގެން 31 ޑިސެމްބަރ 2025 ގެނިއަލަށް 1 (އެކެއް) އަހަރުގެ މުއްދަތެއް ދިނުމަށްފަހު ކައުންސިލްގެ ނިންމުމުގައިވާ ގޮތުގެމަތިން ޢަމަލު ކުރަމުން ގެންދާނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.