ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025ވަނަ އަހަރުގެ ކަލަންޑަރެއް ތައްޔާރުކުރުމާއިބެހޭ

                                                     ނަންބަރ:  32(IUL)241-A/241/2024/

 

ޢިޢުލާން

 

 2025 ވަނަ އަހަރުގެ ކަލަންޑަރެއް ތައްޔާރުކުރުމާއިބެހޭ

                       

                     މިއިދާރާއިން ދައްކާ ނަމޫނާ އެއްގޮތަށް 100 ކަލަންޑަރު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

22ޑިސެންބަރު2024

އާދިއްތަ

13:00

2

ބިޑް ހުށަހަޅާ ތާރީޚް

26ޑިސެންބަރު2024

ބުރާސްފަތި

13:00

 

             މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected]   މި މެއިލް އެޑަށް ފޮނުއްވުން އެދެމެވެ.

1- ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ  ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )

2- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް

3- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ

 

          މި  މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

 

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް. 60%
  • ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް.  30%   ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ މިފަދަ މަސައްކަތްތައް ކުރިކަން އަންގައިދޭ   ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވަގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. )                        
  • ހުށަހަޅާ މުއްދަތަށް.         10%

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                                   15  ޖުމާދަލް އާޚިރާ  1446 ހ.

                     16  ޑިސެންބަރު     2024 މ.

 

                                     އިބްރާހީމް ޝަހީން

                                   ގއ. އަތޮޅުކައުންސިލްގެ ރައީސް                 

16 ޑިސެންބަރު 2024
ހޯދާ