މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީގެ ރައްޔިތުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހުންނަ ކުންޏާއި ޕެލެޓްފަދަ ތަކެތި، ނެގުމާ ގުޅޭ

މާލެސިޓީގެ ރައްޔިތުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހުންނަ ކުންޏާއި ޕެލެޓްފަދަ ތަކެތި، މާލެސިޓީގެ މަގުތަކާއި ޢާންމު ތަންތާނގައި ގިނަވަމުންދާކަމުގެ ޝަކުވާ، މި ކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން، އެފަދަ ތަކެތި މިހާރު ބަހައްޓާފައިވާ ފަރާތްތަކުން، 22 ޑިސެންބަރު 2024 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އެތަކެތި ނެގުމަށް އަންގަމެވެ. އަދި މަގުމައްޗަކީ ދުއްވާ ތަކެއްޗަށާއި، އެންމެންނަށްވެސް ހިނގާބިނގާވެއުޅެން ފަސޭހަ، ރައްކައުތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް، މި ކައުންސިލުން ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ވާހަކަ ދަންނަވަމެވެ.

 

      ވީމާ، މީގެފަހުން ކުންޏާއި މިފަދަ ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަން އެންގީމެވެ. އަދި އެއްވެސް ބާވަތެއްގެ ކުންޏެއް، މާލޭގެ މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެއްކަންވެސް އަންގައި އިޢުލާނުކުރީމެވެ.

16 ޑިސެންބަރު 2024
ހޯދާ