ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ "ހުނަރު އެކްސްޕޯ 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

އ.ތ.މ ކޮމިޓީގެ "ހުނަރު އެކްސްޕޯ 2025"

ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އަތްތެރި މަސައްކަތުގެ ޚާއްސަ މަޢުރަޒެއް ގައްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާޢަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި މި އުފެއްދުންތައް އުފައްދައި، ކުރިއަރުވައި އަދި މިފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ގައްދޫއިން ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ހާއްސަކޮށް ގައްދޫ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ޢާންމުކޮށް އެންމެންނަށް އެއްތާކުން މި އުފެއްދުންތައް ފެންނާނޭ މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްސަދުގައި ކޮމިޓީން ބާއްވާ މަޢުރަޒެކެވެ. މިއަހަރުގެ މަޢުރަޒުގައި ބައިވެރި ކުރެވޭ ތަކެތީގެ ތެރެއިން އެއްވަނަ އަށް ހޮވޭ އުފެއްދުމެއް ބޭރު ޤައުމެއްގެ ފެއަރ އެއްގައި ބައިވެރި ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މަޢުރަޒުގައި 5 ދާއިރާއަކުން 56 ގިންތިއަކަށް ތަކެތި ބައިވެރިކުރެވޭނެއެވެ. އެއީ؛

ހ. އަމިއްލަ ފަރުދުން

ށ. ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

ނ. ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

ރ. ޚާއްސަ އެހީއަށް ބޭނުންވާ ފާރާތްތަކުގެ ދާއިރާ

ބ. ކްލަބް ޖަމިއްޔާތަކުގެ ދާއިރާ

މަޢުރަޒުގައި ތަކެތި ބައިވެރިކުރެވޭ ގިންތިތަކާއި މަޢުރަޒު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި މަޢުރަޒުގެ ވަނަތަކާއި، ވަނަތައް ހޮވާނެ އުޞޫލު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. މަޢުރަޒު ކުރިޔަށްދާނީ 2025 ފެބްރުއަރީ މަސްތެރޭގައެވެ.  

 

މަޢުރަޒަށް ހުށަހެޅޭ ތަކެތީގެ ތެރެއިން އިންސާފުކުރާ ތަކެތީގެ ބާވަތްތައް ހުށަަހަޅާނެ ތާރިޚެއް ކޮމިޓީން އަންގާނެއެވެ. މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވިމާ، މައުރަޒުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 09 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7955909 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

16 ޑިސެންބަރު 2024
ހޯދާ