އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

 

c

 

 

އޮމަދޫ ސްކޫލް

ތ.އޮމަދޫ

ދިވެހި ރާއްޖެ

އިޢުލާން

ނަންބަރު:GS-178/IUL/2024/21                                         ތާރީޚް: 16 ޑިސެމްބަރ 2024

 

އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

01 ޖެނުއަރީ 2025 އިން ފެށިގެން އެއް އަހަރުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

      ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 19 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780572 އާއި ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއާޚިރާ 1445 ހ

16 ޑިސެމްބަރ 2024 މ

 

 

 

 

  

16 ޑިސެންބަރު 2024
ހޯދާ