ދިވެހިރާއްޖެ
2025 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާތީ އަލުން އިއުލާން ކުރުން
މި ސްކޫލުގެ އިޢުލާނު ނަންބަރު GS-189/IUL/2024/46 (25 ނޮވެމްބަރު 2024) ވަނަ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އަލުން އިޢުލާނު ކުރަމެވެ.
01 ޖެނުވަރީ 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 ޑިސެންބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރ: 18/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ: 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ހާޟިރުވާ ފަރާތުގަވެސް އައިޑީކާޑާއި، ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ޑިސެމްބަރު 2024 ވާ ބުދަ ދުވަހު 11:00 ގައެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް 7907948 ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
11 ޖުމާދުލްއާޚިރު 1446
12 ޑިސެންބަރު 2024