މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ޑިސެންބަރު 15އިން 19އަށް ހުޅުމާލޭ އިރުމަތީ ފަރާތު ބޭރުގައި ކަނޑުމަތީގައި އެމް.އެން.ޑީ.އެފް އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް 2024 ޑިސެންބަރު 15 އިން 19 އަށް، މިއިން ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް ބޭރުގައި ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
11 ޑިސެންބަރު 2024
ހޯދާ