ދިވެހިރާއްޖެ
ނަންބަރ: (IUL)241-A/241/2024/30
ޢިޢުލާން
ގއ. ސްޓޭޓްހައުސްގެ ފަސްޓްފްލޯގެ ރޫމްތަކަށް ބޭނުންވާ ފަރުނީޗަރ ހޯދުމާއި ބެހޭ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ގއ. އަތޮޅު ސްޓޭޓްހައުސްގެ ފަސްޓްފްލޯގައި ހުރި ކޮޓަރިތަކަށް ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
1 |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް |
15 ޑިސެންބަރު 2024 |
އާދީއްތަ |
13.00 |
2 |
ބިޑް ހުށަހެޅުން |
19 ޑިސެންބަރު 2024 |
ބުރާސްފަތި |
13.00 |
މިމަސައްކަތަށް ދެވޭ މައުލޫމާތު ފޯރުކޮށް ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށް މިދަންނަވާ މައުލޫމާތާއި އެކު މިކައުންސިލްގެ [email protected] މި މެއިލް އެޑަށް ފޮނުއްވުން އެދެމެވެ.
1- ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )
2- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި ، އީމެއިލް އެޑްރެސް
3- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ
މި މަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ކުންފުނިތަކާއި ، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ. މިމަސައްކަތަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް 60%
- ލިބިފައިވާ ތަޖުރިބާ އަށް . 10% ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނާނީ މިފަދަ މަސައްކަތްތައް ކުރިކަން އަންގައިދޭ ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވަގެން މިފަދަ މަސައްކަތްތަކެއް ކުރިކަމުގެ 3 ލިއުން ހުށަހެޅިދާނެއެވެ. )
- ފައިނޭންޝަލް ޤާބިލްކަމަށް. 20%
- ހުށަހަޅާ މުއްދަތަށް 10%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
09 ޖިމާދަލް އާޙިރް 1446 ހ.
10 ޑިސެންބަރު 2024 މ.
އިބްރާހީމް ޝަހީން
ގއ. އަތޮޅުކައުންސިލްގެ ރައީސް