ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

2025 ވަނަ އަހަރު ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

1. މި ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަމަށް އަގު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެކަމަށްއެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޑިސެންބަރު 10 ން 2024 ޑިސެންބަރު 17 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު ސްކޫލު އޮފީހުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.

4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 23 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. ބީލަން ހުށައެޅުމަށް ހާޒިރުވާއިރު، ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށައެޅޭނީ ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރާ ފަރާތްތަކަށެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުމުންދޫ ސްކޫލް

ހދ. ކުމުންދޫ، ދިވެހިރާއްޖެ

ފޯން: 6520531

[email protected]   އީ-މެއިލް:

09 ޖުމާދަލްއާޙިރާ 1446

10 ޑިސެންބަރު 2024

10 ޑިސެންބަރު 2024
ހޯދާ