ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ނޮޅިވަރަމު ކައުންސިލްގެ ޓީމަށް ކުޅުންތެރިން ހޯދުން
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން 2025 ވަނަ އަހަރު ބާއްވާ "ގޯލްޑެން ފުޓްސަލް ޗެލެންޖް 2025" ފުޓްސަލް މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވާ ނޮޅިވަރަމު ކައުންސިލްގެ ޓީމަށް ކުޅެން ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާ 3 ޑިސެންބަރު 2024 ގައި ކުރެވުނު ނަންބަރު: (IUL)264/PRIV/2024/94 އިޢުލާނުގައިވާ ނަންނޯޓް ކުރުމުގެ ސުންގަޑި ބަދަލުވުމުގެ ސަބަބުން އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމުބާރާތުގައި ނޮޅިވަރަމު ކައުންސިލްގެ ޓީމަށް ކުޅެން ޝައުޤުވެރިވާ ކުޅުންތެރިން 11 ޑިސެންބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި ކުރިން ނަންނޯޓް ކޮށްފައި ތިބި ފަރާތްތަކުން އަލުން ނަންނޯޓް ކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/dbP48pjcQXviwDKg9
09 ޑިސެންބަރު 2024
ހޯދާ