ދިވެހިރާއްޖެ
އެކި އުމުރުފުރާގައި ކުޅިވަރުގެ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން، އުފައްދާފައިވާ ކުޑަފަރީ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތަށް ރަސްމީކޮށް 2024 ޑިސެންބަރު 15 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސްޕޯޓްސް އެކަޑަމީގެ ފުރަތަމަ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ 15 ވާ އާދިއްތަ ދުވަހުގައި އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ޝެޑިއުލާއި އެއްގޮތްވާގޮތުގެ މަތިންނެވެ. ސްޕޯޓްސް އެކަޑަމީގެ ފުރަތަމަ ސެޝަން ފެށުމުގެ ކުރިން ކުދިންނާއި ބެލެނިވެރިނަށް އެކަޑަމީގެ ހަރަކާތްތަކާއި ގުޅޭގޮތުން ދެވޭ މައުލޫމާތު ބައްދަލުވުމެއް ކުރިއަށް ގެންދެވޭނެއެވެ.
ވީމާ، ހުރިހާ ދަރިވަރުންވެސް އެކަޑަމީގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޖާޒީ އާއެކު ސެޝަންތަކަށް ހާޒިރުވުން އެދި ދައުވަތު އެރުވީމެވެ. އަދި އެކަޑަމީގެ ހަރަކާތްތަކަށް ފީ ނެގުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުއަރީ މަހުން ފެށިގެންކަން އެންމެހައި ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި އެކަޑަމީގައި އަލަށް ބައިވެރިވާން އެދޭ ކުދިން އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދިދެންނެވީމެވެ. ފޯމް މި އިދާރާގެ ވެބްސައިޓް އަދި މިއިދާރާން ލިބިވަޑައިގަންނަވާނެއެވެ.