ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ކައުންސިލްގެ އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރު ޑިޒައިންކޮށް ކުރަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ރަޖިސްޓަރީވުމުގެ ސުންގަޑި  | 
 11 ޑިސެންބަރު 2024  | 
 ބުދަ  | 
 11:00 (ހެނދުނު)  | 
| 
 ބީލަން ހުށަހެޅުން  | 
 17 ޑިސެންބަރު 2024  | 
 އަންގާރަ  | 
 13:00 (މެންދުރުފަހު)  | 
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
https://forms.gle/3NBi83ZS6j2X7dHB7
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޖުމާދުލްއާޚިރް 1446
