މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑެތި މީހުން ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުޑަފަރީ ސްކޫލާއި ކައުންސިލް ގުޅިގެން، ކުރިއަށް އޮތް 2025 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާދާގައި ބައިވެރިވުމަށް އެދޭ 18 އަހަރުން މަތީގެ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 2024 ޑިސެންބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދި ފުރުޞަތު ހުޅުވާލަމެވެ. ރަޖިސްޓްރީވާ ފަރާތްތަކުގެ ދިވެހި އަދި އިސްލާމް މި މާއްދާތަކުގެ އިމްތިހާން އޮންނާނީ 2025 ވަނަ އަހަރުގެ އޭޕްރިލް 20 ން 23 ކުޑަފަރީ ސްކޫލްގައެވެ. އިމްތިޚާންގައި ބައިވެރިވާ ފަރާތްތަކުގެ ތަމްރީން ކުރުމުގެ ޕްރޮގްރާމުތައް ކުޑަފަރީ ސްކޫލާއި ގުޅިގެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ އިމްތިޚާން ފީ ދެއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ފަރާތުންނެވެ.

އަދި ޖީސީ.އީ.އޯލެވެލް އިގިރޭސި މި މާއްދާއަށް ޚާއްސަ ކުރެވިގެން 2025 ވަނަ އަހަރުގައި ޕްރޮގްރާމެއް ހިންގުމަށް ގަސްތުކޮށްފައިވާތީ އަސާސީ ފެންވަރުގައި އިގިރޭސި ލިޔަން ކިޔުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްތުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ 18 އަހަރުން މަތީގެ ފަރާތްތަކަށް އެ ފުރުޞަތުވެސް ހުޅުވާލެވިފައިވާކަން އެންމެ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، ދެންނެވިފައިވާ ދެ ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދި ދެންނެވީމެވެ.

 ފޯމް: https://shorturl.at/kHC0f

05 ޑިސެންބަރު 2024
ހޯދާ