ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ:

   ފުވައްމުލަކު މިސްކިތްމަގު ފަނާރުމަގަށް ދަތިވާގޮތަށް މެރިލީ ގޯތިތެރޭގައި ހުރި ފޯދުނު 02 ދިވެހިރުކުގެ ނީލަންކިޔުން 2024 ޑިސެމްބަރު 10 ވާ އަންގާރަ ދުވަހުގެ ހެދުނު 9:00 ގައި މެރިލީ ގޯތި ކައިރީގައި އޮންނާނެއެވެ.

   ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޑިސެމްބަރު 10 ވާ އަންގާރަ ދުވަހު 9:00 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއް ނަންގަވާ ފަރާތްތަކުން 2024 ޖުލައި 21 ވަނަ ދުވަހުގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2024 ޑިސެމްބަރު 12 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2024
ހޯދާ