ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ފޮޓޯ ކޮޕީމެޝިނެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ފޮޓޯ ކޮޕީމެޝިނެއް ވިއްކާނެ ފަރާތެއް ހޯދުމަށް 6 މޭ 2015 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު: JS-B/2015/36 އިޢުލާނާ ގުޅިގެން  ހުށަހަޅާފައިވާ  އަންދާސީހިސާބުގެ އަގުތައް އެކަށޭނަ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އަންދާސީހިސާބުތައް  ބާޠިލުކޮށްފީމެވެ .  

ވީމާ ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް  ފޮޓޯކޮޕީ މެޝިނެއް މި ސްކޫލަށް ވިއްކެވުމަށް  ބޭނުންވާ ފަރާތްތަކުން 13 ޖުލައި 2015 ދުވަހުގެ 11.00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖުލައި 2015 ދުވަހުގެ 11.00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

20 ރަމަޟާން  1436      

07 ޖުލައި 2015
ހޯދާ