ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީގާގެ ފުރުޞަތު

މަޤާމް :މެއިންޓެނަންސް އޮފިސަރ
ބޭނުންވާ އަދަދު :2

މުސާރައާއި އިނާޔަތްތައް: -/8940ރ (އަށްހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ)

މަޤާމުގެ ޝަރުތު:

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

- ގިނަވަތު މަސައްކަތުގައި އުޅެވޭ އަޙްލާޤް ރަނގަޅު މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އިމާރާތުގެ ޢާންމު މަރާމާތުތަކުގެ ތެރޭގައި ހިމެނޭ ފާރު، ސީލިންގ، ތަޅުން އަދި ދޮރުފަތްތަކާއި، ކަރަންޓާއި ފެނުގެ ނިޒާމު، އެއަރކޮންޑިޝަނިންގ ސިސްޓަމް، އަލިފާން ނިއްވާ ނިޒާމުތައް ޗެކްކޮށް ބެލެހެއްޓުން.

2. ސެކިއުރިޓީ ކެމެރާތަކާއި އެހެނިހެން ސަލާމަތީ ވަސީލަތްތަކުގެ މަރާމާތުތައް ބެލެހެއްޓުން.

3. ޕާކިން އޭރިއާ އަދި ޓަވަރު ތަކުގެ ދެމެދުގައިވާ ހުސްޖާގަ ސާފުކޮށް ބަލަހައްޓާތޯ ޔަޤީންކުރުން.

4. މަރާމާތުގެ މަސައްކަތްތައް ރޭވުމާއި، މަރާމާތުގެ މަސައްކަތްތަކުގެ ތާވަލު އެކުލަވާލުން، އަދި މަރާމާތަށް ބޭނުންވާ ތަކެތި ހޯދުމަށް އެދުން.

5. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތް އަދި މަހުން މަހަށް ކުރެވޭ މަރާމާރުތަކުގެ ރިޕޯޓު ތައްޔާރުކުރުން.

6. އިމަރޖެންސީ ޙާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމާއި، އިމަރޖެންސީ ޙާލަތްތަކުގައި ކަމާބެހޭ ފަރާތްތަކާ ގުޅުން.

7. ކުއްލި މައްސަލަތައް ޙައްލުކުރުމަށްޓަކައި އަވަހަށް އިޖާބަދިނުމަޢި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8. ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، މެއިންޓެނަންސް ޓީމުގެ މަސައްކަތްތައް ވިލަރެސްކުރުން.

9. މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފަހައްޓާތޯ ޔަޤީންކުރުމާއި، މަސައްކަތުގެ ރައްކާތެރިކަމުގެ އުސޫލުތައް ތަންފީޒުކުރުން އަދި ސަލާމަތީ އާލާތްތައް ބޭނުންކުރާކަން ކަށަވަރުކުރުން.

10. މަތީގައި ދެންނެވުނު މަސައްކަތުގެ އިތުރަށް ފްލެޓްގެ މަސައްކަތާއި ގުޅުންހުރި، އެ ވަގުތަކު ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

11. މަސައްކަތްތަކާއި ގުޅޭ، ވެރިން ކުރީ އަމުރުތަކަށް ކިޔަމަންތެރިވުމާއި މުވައްޒަފުން އަދި ދިރިއުޅޭފަރާތްތަކާއި ގުޅިގެން ޚިދުމަތް ދިނުން.

އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރު 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައި)، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ / އިސްކަންދަރު ކޮށި 01 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

03 ޑިސެންބަރު 2024
ހޯދާ