މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ޖަލްސާކުރާ މާލަމް މާރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ބިޑު ހުށައެޅުމުގެ ދަޢުވަތު

  1. މި އިދާރާގެ ނަންބަރ (IUL)227-AD-PM/227/2024/53 (19 ނޮވެމްބަރ 2024) ޢިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ، އެ ޢިއުލާން ބާތިލްކޮށް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ ޖަލްސާކުރާ މާލަމް މާރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދަން އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (  gazette.gov.mv)  05 ޑިސެމްބަރ 2024ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 05 ޑިސެމްބަރ 2024ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00ގައި މިއިދާރާގައި އޮންނާނެއެވެ.
  4. ބިޑު ހުށައެޅުން އޮންނާނީ  ‏2024‏ ޑިސެމްބަރ‏ 11ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑުތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ބިޑުތައް ވަޒަންކުރާނޭ މިންގަނޑާއި، ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު ތަކާއި އިތުރުމައުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

02 ޑިސެންބަރު 2024
ހޯދާ