މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ.ދޮންފަނު ކޮމިއުނިޓީ ޕާކް ޤާއިމްކުރާ ސަރަޙައްދުގެ ބިން ސާފުކުރުން
ބ.ދޮންފަނު ކޮމިއުނިޓީ ޕާކް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުކުގެ ބައިތަށް ނަގައި ބިންސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ 11:30 އަށް މިކައުންސިލަށް ވަޑައިގެން އަގުހުށަހެޅުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މިއިއުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.
އަގު ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
02 ޑިސެންބަރު 2024
ހޯދާ