ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ނެއްތައިލުމުގެ ނިޒާމެއް ގާއިމުކުރުމާބެހޭ

އިޢުލާން

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ފުރުޞަތު

ލ.ގަމުގައި އުފެދޭ ކުނީގެ ސަބަބުން ރަށުތެރެ ހަޑިވެ ރައްޔިތުންގެ ސިއްޙަތަށާއި ރަށުގެ އިޤުތިސާދީ ކުރިއެރުމަށް ގެއްލުން ލިބޭ ފަދަ މައްސަލަތައް  ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ އަވަސް ގޮތެއްގައި މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދަން ރަށު ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ރަށުގައި ކުނި ނެއްތައިލުމުގެ ނިޒާމެއް ޤާއިމުކޮށް ވިޔަފާރި އުސޫލުން ހިންގާނެ ފަރާތެއް ބޭނުންވެއެވެ.

ގަމުގެ ކުނި ނައްތާލުމުގެ ނިޒާމު ޤާއިމުކޮށް ހިންގާނީ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 58R/2013) އާ އެއްގޮތުގެ މަތީންނެވެ.

ކުނި ނެއްތައިލުމުގެ ނިޒާމުގައި ހިމެނޭނެ ކަމަށް ބެލެވޭ ބައިތަކަކީ:

  • ކުނިކޮށި އިމާރާތްކުރުން
  • ގޭގެއިން، ވިޔަފާރިކުރާ ތަންތަނުން، ސަރުކާރު އިދާރާތަކުން އަދި ރަށުގެ އާންމުކޮށް ބޭނުންކޮށް އުޅޭ ހިސާބުތަކުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކުނި އެއްކުރުން
  • ކުނި ޖަމާކުރަން ކަނޑައަޅާފައިވާ ސަރަހައްދު ނުވަތަ ކުނިކޮށްޓަށް ކުނި ގެންދިޔުން
  • ކުނިކޮށި މެނޭޖްކޮށް ބެލެހެއްޓުން
  • ރަނގަޅުގޮތުގައި ކުނި ނެއްތައިލުން

ވީމާ، ގަމުގެ ކުނި ނެއްތައިލުމުގެ ނިޒާމު ޤާއިމުކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން މިކަން ހާމަކޮށް އެކްސްޕެރެޝަން އޮފް އިންޓްރަސްޓް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅުއްވާއިރު އަމިއްލައަށް ވިޔަފާރިއެއްގެ ގޮތުން މި މަސައްކަތްކުރުން ނުވަތަ ކައުންސިލާއެކު ޖޮއިންޓް ވެންޗަރގެ އުސޫލުން ކުރުމަށްވެސް ހުށަހެޅިދާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އެކްސްޕެރެޝަން އޮފް އިންޓްރަސްޓް ސިޓީ
  • ކުންފުންޏެއް ނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓްގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ އަދި މިކަމާ ބެހޭގޮތުން މުޢާމަލާތް ކުރާނެ ފަރާތެއްގެ ފުރިހަމަ ނަމާއި މަޤާމު އަދި ގުޅޭނެ ނަންބަރު
  • އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅާނީ 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލ.ގަމު ކައުންސިލްގެ އިދާރާއަށެވެ. އީމެއިލްގެ ޒަރީޢާއިން ނަމަ  އީމެއިލް ކުރައްވާނީ [email protected] އަށެވެ. ގަޑިޖެހިގެން ހުށަހަޅާ ހުށައެޅުން ބަލައިނުގަނެވޭނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށްފަހު ފުލް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

13 ރަމަޟާން 1436

 

30 ޖޫން 2015
ހޯދާ