ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މަސްރޭސް
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްރޭހެއް 10 ޑިސެންބަރު 2024 ވާ އަންގާރަދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަސްރޭހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. މިއިއުލާނާއިއެކު މަސްވެރިންގެ ދުވަހުގެ މަސްރޭހުގެ ޤަވާއިދު އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ. ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ޓީމްތަކުން މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ "މަސްވެރިންގެ ދުވަހުގެ މަސްރޭހުގައި ބައިވެރިވުމަށްއެދޭ ފޯމް" 09 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
01 ޖުމާދަލްއާޚިރާ 1446
02 ޑިސެންބަރު 2024
މަސްރޭހުގައި ބައިވެރިވުމަށްއެދޭ ފޯމް ލިންކް: https://docs.google.com/forms/d/e/1FAIpQLSc2pw2ow5JkO3n6E7dgmzw9myDjYzoPKErF5g6NHTLISaXlFA/viewform?usp=sharing
02 ޑިސެންބަރު 2024
ހޯދާ