މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

2025 ވަނަ އަހަރުގެ ކުޑަފަރީގެ އިޖްތިމާއި ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައި ދޭނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ރަށުގައި ދިރިއުޅެމުންދާ އަންހެން ބޭފުޅުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ރަށުގެ ކޮމިއުނިޓީއާއެކު މަސައްކަތް ރާވާ ހިންގާބެލެހެއްޓުމަށް ކަމުގައިވާތީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 4 ޒޯނަކަށް ބަހަލައިގެންނެވެ. މިގޮތުން ކޮންމެ ޒޯނެއް ބެލެހެއްޓުމަށް 5 ފަރާތެއްގެ މައްޗަށް އެކުލެވޭ 4 ގުރޫޕު ހިމަނައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އިޖުތިމާއީ ސަރަހައްދުތަށް ކުނިކަހައި ސާފުކޮށް ބަލަހައްޓާން އެދޭ ފަރާތްތަކުން 5 މީހުންގެ ގްރޫޕަކާއެކު ތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް ފުރިހަމަ ކުރައްވާއިރު އެ ގުރޫޕަކުން ކުނިކެހުމަށް ބޭނުއްފުޅުވެލައްވާ ސަހަރައްދުތަކެއް ފާހަގަކުރެއްވުން އެދެމެވެ. އެއް ގުރޫޕަކަށްވުރެ އިތުރަށް ވަކި ސަރަހައްދެއްކުނިކަހާ ބެލެހެއްޓުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމްގައި ފާހަގަކޮށްފައި ވާނަމަ އެ ސަރަހައްދެއް ކަނޑައެޅިގެންދާނީ ގުރުއަތު ނަގައިގެންނެވެ. އަދި އެއް ގުރޫޕަކަށްވުރެ އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާނަމަ ޝައުގުރެވިކަން ފާޅުކޮށްފައިވާ ގުރޫޕަށް ގުރުއަތު ނެގުމަކާއި ނުލާ އެ ސަރަހައްދެއް ބަލަހައްޓާ ސާފުކުރުމަށް ދޫކުރެވިގެން ދާނެއެވެ. ހަތަރު ގުރޫއްޕައްވުރެ މަދުން ނަންނޯޓް ކޮށްފައިވާނަމަ، ނަންނޯޓު ކޮށްފައިވާ ފަރާތްތަކުގެ މެދުގައި އިތުރު ޒޯންތައް ބަހާލެވިގެންދާނެއެވެ.

ވީމާ، އިޖުތިމާއީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާން ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދެވުން އެދެމެވެ.

ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

09 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00

މައުލޫމާތު ދިނުމުގެ ބައްދަލުވުން

11 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި

ޒޯންތަކުގެ ގުރުއަތުލުން

12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި

 

            މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވޭވޭނީ ރަޖިސްޓްރީވެފައިވާ ގުރޫޕުތަކުގެ ލީޑަރުންގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވަނީނަމަ އެކަން ލިޔުމުން މިއިދާރާއަށް އަންގަންވާނެއެވެ. ގުރުއަތު ލުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި މަސައްކަތުގައި ރަޖިސްޓްރީވެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ގުރޫޕުތަކަށް އެކަންޏެވެ. ޒޯން ކޮށްފައިވާ ސަރަހައްދުތަކާއި ކުނިކެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ވަކިކުރެވިފައިވާ ޗާޓު އަދި މައުލޫމާތު ޝީޓު އިއުލާނާއި އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

 ފޯމް ލިންކު: https://shorturl.at/ab8rY

01 ޑިސެންބަރު 2024
ހޯދާ