ދިވެހިރާއްޖެ
އިޢުލާން
2025 ވަނައަހަރު ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރުން މަތީގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2025 ވަނައަހަރަށް ކަނޑައަޅާފައިވާ ފައިސާ، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝައުޤުވެރިވާ ޢުމުރުން 18 އަހަރުން މަތީގެ އަންހެނުން " މިއިދާރާއިން ދޫކުރާ 2025 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ޑިސެންބަރު 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 13:00 އަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.