އުނގޫފާރު ސްކޫލް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ
                                
ނަންބަރު:(IUL)GS210-PRO/2024/18
ޢިއުލާން
2025 ވަނަ އަހަރު އުނގުފާރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
- 2025 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
 - މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
 - މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޑިސެމްބަރ 03 ން 2024 ޑިސެމްބަރ 10 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް"ފޮނުވަންވީ އީމެއިލް: [email protected]
 - މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 9 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
 - މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:00ގައި އުނގޫފާރު ސްކޫލުގައެވެ.
 - ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 15 ވަނަ ދުވަހުގެ 13:00 ގައި އުނގޫފާރު ސްކޫލުގައެވެ.
 - މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
 - މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ޕްރޮކިއުމެންޓް ސެކްޝަން:
އުނގޫފާރު ސްކޫލް،
އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
29 ޖުމާދަލްއޫލާ 1446
01 ޑިސެމްބަރ 2024
އިބްރާހިމް ނަސީމް
ޕްރިންސިޕަލް
             01 ޑިސެންބަރު 2024
            
        
                    ހޯދާ  
                
                