ދިވެހިރާއްޖެ
ިޢުލާން ނަންބަރު:FNK-I/IUL/2024/381
އިޢުލާން
ނ. ވެލިދޫގައި 05 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، ބީ.އޯ.ކިޔު އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ނ. ވެލިދޫގައި 05 ޓްރާންސްފޯމަރު ހަޓު އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
28 ނޮވެމްބަރު އިން 05 ޑިސެމްބަރު 2024 |
08:00 އިން 15:00 |
ޕްރީ ބިޑް މީޓިންގ |
03 ޑިސެމްބަރު 2024 |
13:00 މެންދުރު |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
04 ޑިސެމްބަރު 2024 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
08 ޑިސެމްބަރު 2024 |
13:00 މެންދުރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓްރީ ކުރުން
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
-އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)
- ކުންފުނީގެ ނަން
-ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލްއަށް، އީމެއިލް ކުރާ ދުވަހު ބީ.އޯ.ކިއު އަދި ގުޅުންހުރި ލިޔެކިޔުންތައް ފޮނުވޭނެއެވެ. އަދި، މި މަޢުލޫމާތު ނ. ވެލިދޫ ފެނަކަ ބްރާންޗުން ލިބެން ހުންނާނެކަން ދަންނަވަމެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ޕްރީ-ބިޑް މީޓިންގ
ޕްރީ-ބިޑް މީޓީންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. ޕްރީ-ބިޑް މީޓިންގ އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ ނ. ވެލިދޫ ބްރާންޗަށެވެ.
ނޯޓު: ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.