ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ތ. ވޭމަންޑޫ ސްކޫލްގެ 6 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތ. ވޭމަންޑޫ ސްކޫލްގެ 6 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް:

މި ސްކޫލްގެ އިއުލާން ނަންބަރު:(IUL)GS63-AD/GS63/2015/12 އަށް ބައެއް އިޞްލާޙު ގެނައުމާ ގުޅިގެން މި ނަންބަރުގެ އިއުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.

ތ ވޭމަންޑޫ ސްކޫލްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވޭމަންޑޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " 06 ކުލާސްރޫމް ( ދެބުރި އިމާރާތު ) ގެ މަސައްކަތް ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

ޕްރީ ބިޑް މީޓިން

ޕްރީބިޑް މީޓިންގެ ސްވާލުތަކަށް ޖަވާބު ދިނުން

އަންދާސީހިސާބު ހުށަހެޅުމަށް

16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00

22 ޖުލައި 2015 ވާ ބުދަ ދުވަހުގެ 11:00

30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00

10 އޯގަސްޓް 2015 ވާ ހޯމަ ދުވަހުގެ 11:00

 

 

 

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮންބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780564 ނަމްބަރ ފޯނާއެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ