ދިވެހިރާއްޖެ
| މަގާމު: ބޭނުންވާ ޢަދަދު: މަގާމުގެ ބާވަތް: މަގާމުގެ ރޭންކް: ސެކްޝަން / ޔުނިޓް: އޮފީސް: ވަޒީފާ އަދާކުރަންޖެހޭ ތަން: މުސާރަ: ސަރވިސް އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލަވަންސް އިތުރު އިނާޔަތްތައް: | މަސައްކަތު / JN-17 1 (އެކެއް) ދާއިމީ DMA1-1 އެޑްމިން އެންޑް އެޗް. އާރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ މަހަކު 4300.00 ރުފިޔާ މަހަކު 1505.00 ރުފިޔާ މަހަކު 1935.00 ރުފިޔާ 1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | 
| މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | |
| 1. ރާއްޖެއަށް ދިމާވާ ކުއްލި ހާލަތްތަކުގައި މި އޮތޯރިޓީން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި މިއޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން. 2. މިއޮތޯރިޓީގެ އޮފީސް ޢިމާރާތް އެތެރެ އާއި ބޭރު ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، ކުނި އުކާލުމުގެ މަސައްކަތްތައް ކުރުން. 3. އޮފީސް އިމާރާތުގެ ގޮނޑި، މޭޒު، އިކްއިޕްމަންޓް އަދި އެހެނިހެން ތަކެތި ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން. 4. މީޓިންގ ތަކަށް ސައި ތައްޔާރުކުރުމާއި މުވައްޒަފުންނަށް ސައިގެ ކަންތައްތައް ކުރެވޭގޮތަށް ސައިކޮޓަރި ސާފުކޮށް ކޮންމެ ދުވަހަކު ބެލެހެއްޓުން. 5. މިއޮތޯރިޓީގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ފާޚާނާތަކުގައި ބަހައްޓަންޖެހޭ ޓޮއިލެޓްޕޭޕަރ އަދި ސައިބޯނިފަދަތަކެތި ޤަވާޢިދުން ހަމަކޮށްފައި ބެހެއްޓުން. 6. މިއޮތޯރިޓީގެ މީޓިންގ ރޫމުތައް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުމާއި، މީޓިންއަށް ސައި ނުވަތަ ކޮފީ ހަމަޖައްސަންޖެހޭ ދުވަސްދުވަހު އެފަދަ މަސައްކަތްތައް ކުރުން. 7. އޮފީސް ނިމޭގަޑީގައި މީޓިންގ ރޫމާއި ސައިކޮޓަރީގެ ލައިޓް އާއި އޭސީފަދަ ނިއްވަންޖެހޭ ތަކެތި ނިއްވާފައި ބެހެއްޓުން. 8. މިއޮތޯރިޓީން ކުރަންޖެހޭ ކުއްލި އިމަރޖެންސީ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން. | |
| މަގާމުގެ ޝަރުތުތައް: | |
| 
 | |
| ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: | |
| 
 (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | |
| ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | |
| 
 | |
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | |
| މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 05 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | |
| ޝޯޓް ލިސްޓް ކުރުން: | |
| މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ. | |
| އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | |
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 09 – 12 ޑިސެންބަރު 2024 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | |
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން: | |
| އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. އަދި އިންޓަވިއުގެ ބައިވެރިންނަށް އަންގާނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | |
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | |
 
                    