ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 ނޮވެންބަރު 2024 13:04 ގައި ބާތިލް ކުރެވިފައެވެ.
ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
1. މި ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެންބަރު 27 ން 2024 ޑިސެންބަރު 3 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު ސްކޫލު އޮފީހުގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެންބަރު 3 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޑިސެންބަރު 3 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 8 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ. ބީލަން ހުށައެޅުމަށް ހާޒިރުވާއިރު، ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށައެޅޭނީ ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރާ ފަރާތްތަކަށެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުމުންދޫ ސްކޫލް
ހދ. ކުމުންދޫ، ދިވެހިރާއްޖެ
ފޯން: 6520531
[email protected] އީ-މެއިލް:
25 ޖުމާދަލްއޫލާ 1446