ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާގުޅޭ

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެފަރާތެއްގެ ޙަވާލުގައިވާ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުގައި ހިމެނުމަށްޓަކައި 10 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލާއި މަޢުލޫމާތު ޙިއްސާކުރެއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން 14:00 އަށް ކައުންސިލުގެ އިދާރާގައެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުވާއިރު އެފަރާތުގެ ވޯކްޕާމިޓް އަދި ޕާސްޕޯޓު ހިފައިގެން ޙާޟިރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެފަރާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވާންޖެހޭތީ ލިޔެކިޔުންތައް ނެތް ފަރާތްތަކުންވެސް މިދެންނެވި މުއްދަތުގައި ކައުންސިލް އިދާރާއަށް ފޮނުއްވާ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ނިންމުމަށް ދެންނެވީމެވެ.
މިމުއްދަތުގެ ފަހުން މިރަށުގައި ދިރިއުޅޭ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީނުކޮށް މިރަށުގައި އުޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2024
ހޯދާ