| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | މުސާޢިދު (އަންހެން) | 
| އަދަދު: | 05 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.ޢަރަބި ބަހުން މުޢާމަލާތުކުރަން އެންގުން. | 
| މަސްއޫލިއްޔަތު: | 
އަޅުކަމުގެ ކަންކަމުގައި އަންހެން ޙާޖީންނާއެކު ހަރަކާތްތެރިވުން.އެހީތެރިކަން ބޭނުންވާ އަންހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.މިވަޒީފާއަށް މީހުން ހޮވުމުގައި އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަޤާމު: | މުސާޢިދު (ފިރިހެން) | 
| އަދަދު: | 20 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.ޢަރަބި ބަހުން މުޢާމަލާތުކުރަން އެންގުން. | 
| މަސްއޫލިއްޔަތު: | 
އަޅުކަމުގެ ކަންކަމުގައި ފިރިހެން ޙާޖީންނާއެކު ހަރަކާތްތެރިވުން.އެހީތެރިކަން ބޭނުންވާ ފިރިހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.މިވަޒީފާއަށް މީހުން ހޮވުމުގައި އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަޤާމު: | ޑޮކްޓަރު | 
| އަދަދު: | 05 | 
| ފެންވަރު ނުވަތަ ޝަރުޠު | 
މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާއެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުންއަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް. | 
| ސުންގަޑި: | 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379 މާލެ، ދިވެހިރާއްޖެ |