ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރު ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
                                2025 ވަނަ އަހަރު ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
2025 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލު ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ނޮވެމްބަރ 24 އިން 28 އަށް، ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލުގެ ފޯނުނަމްބަރ 6540582 އަށް ގުޅައިގެން ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
 
އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިމިވާ މައުލޫމާތުތައް ފޮނުއްވުން އެދެމެވެ.
- މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް:
 - މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަމްބަރ:
 - މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް:
 - މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ މޯބައިލް ނަމްބަރ:
 
- މި ބީލަމާއި ބެހޭގޮތުން ސުވާލެއްވާނަމަ 2024 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިސްކޫލުގެ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
 - މި ބީލަމާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 02 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ އިދާރާގައެވެ.
 - ބިޑް ހުޅުވުން އޮންނާނީ 10 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:30 ގައި ށ.ގޮއިދޫ ސްކޫލްގެ އިދާރާގައެވެ.
 - ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި ސްކޫލްގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
 - ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.
 
             21 ނޮވެންބަރު 2024
            
        
                    ހޯދާ  
                
                