މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އެމް.ސީ.އޭ.އާރު 66 މޮޑިއުލް އިމްތިޙާނު ބޭއްވުން
                                އެމް.ސީ.އޭ.އާރު 66 މޮޑިއުލް އިމްތިޙާނު ބޭއްވުން
މި އޮތޯރިޓީގެ ފަރާތުން އިންތިޒާމުކޮށްގެން އެމް.ސީ.އޭ.އާރު 66 މޮޑިއުލް އިމްތިޙާނުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮތޯރިޓީގެ "ފޯމު 19އީ" ފުރިހަމަ ކުރެއްވުމަށްފަހު، މޮޑިއުލްތަކަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާއާއެކު 15 ޖުލައި 2015ގެ ކުރިން އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
މި އަހަރުގެ އިމްތިޙާނު ބާއްވަން ހަމަޖެހިފައިވަނީ އޮތޯރިޓީއާއި އިއާސާ ޕާޓް 147 އެއާކްރާފްޓް މެއިންޓެނަންސް ޓްރެއިނިން ސްކޫލަކާ ގުޅިގެންނެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.caa.gov.mv އިންނާއި އެއާވާދިނަސް ސެކްޝަނުން (ފޯނު ނަންބަރު: 3324988) ލިބިވަޑައިގަންނަވާނެއެވެ.
ފީ: މޮޑިއުލް އަކަށް 150.00 ޔޫ އެސް ޑޮލަރު.
             06 ޖުލައި 2015
            
        
                    ހޯދާ  
                
                 
                    