| 
 މަޤާމް : 
 | 
 އެސިސްޓެންޓް ޕޯސްޓްމަން، ހުޅުމާލެ ޕޯސްޓް 
 | 
 ބޭނުންވާ އަދަދު: 
 | 
 01 ( އެކެއް ) 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
- މުސާރަ: މަހަކު -/5200 ރުފިޔާ ( ފަސް ހާސް ދުއިސައްތަ ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިންހާސް ރުފިޔާ)
 
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ (ސަތޭކަ ވިހި ރުފިޔާ)
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
 
  | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
 | 
 ޔުނިޓް : 
 | 
 ހުޅުމާލެ ޕޯސްޓް އޮފީސް 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
- ޖީ.ސީ.އީ އޯލެވެލްގެ ފެންވަރު ހުރުމާއެކު ދާއިރާގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ،
 
- އަސާސީ ފެންވަރަށް ލިޔަން ކިއަން ދަތުމާއި 1އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން
 
 
 | 
| 
 މަޤާމްގެ މަސްޢޫލިއްޔަތު 
 | 
- ހުޅުމާލެއަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން
 
- އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
 
- ހުޅުމާލޭގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން
 
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
 
- އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން
 
- ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން
 
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުންނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
 
 
 | 
| 
 ރަސްމީ މަސައްކަތު ގަޑި: 
 | 
- ހެނދުނު 08:00 އިން 16:00 އަށް  
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 
 | 
- ވަޒީފާއަށްއެދޭ ފޯމް
 
- ވަނަވަރު (ސީވީ)
 
- އައިޑީ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
 
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  
 
 
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 | 
| 
 ސުންގަޑި: 
 | 
 މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 
  
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  
  
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
  
 | 
| 
 އިންޓަވިއު: 
 | 
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
 
 
 | 
| 
 ވަޒީފާއަށް އެދޭނެ ގޮތް: 
 | 
- ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
 
 
https://www.maldivespost.com/media/downloads/job-application-form 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
 
 
 | 
| 
                            20 ނޮވެންބަރު 2024 
 |