ދިވެހިރާއްޖެ
އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)255/255/2024/46 ( 06 އޮކްޓޫބަރު 2024 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އިސްވެދެންނެވި ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން 18 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ނެންގެވުމާއެކު ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ އެވެ. މިފޯމް ލިބެން ހުންނާނީ އުތީމު ކައުންސިލްގެ އިދާރާއިންނެވެ.
އަދި، މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 26 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސެޝަން އެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅުއްވައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
| # | ބިން އޮތް ސަރަހައްދު | ބިމުގެ ބާވަތް | މުއްދަތު | ބިމުގެ ބޮޑުމިން | ދޫކުރެވޭ އެންމެ ކުޑަކުލި | 
| 1 | ހއ.އުތީމު ބަނދަރުގެ ހުޅަނގު ފަރާތުގައި | ތެޔޮވިއްކާ | 25 އަހަރު | 2324 އަކަފޫޓު | އަކަފޫޓަކަށް މަހަކު 0.75 ލާރި ( ފުރަތަމަ 5 އަހަރަށް ) | 
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
 
                    