ދިވެހިރާއްޖެ
އިޢުލާން
ތިރީގައިމިވާ މަޤާމްތަކަށް މި ޑިޕާޓްމަންޓަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމް  | 
 އެގްޒެމިނަރ (ކޮންޓްރެކްޓް)  | 
| 
 ބޭނުންވާ އަދަދު  | 
 - ދިވެހި މާއްދާގެ 9 (ނުވައެއް) - އިސްލާމް މާއްދާގެ 9 (ނުވައެއް)  | 
| 
 އުޖޫރަ  | 
 -/10،000 ރުފިޔާ  | 
| 
 މުއްދަތު  | 
 ޖުލައި 15 އިން އޮގަސްޓް 15 އަށް  | 
| 
 އަސާސީ ޝަރުޠު  | 
 1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 1 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. 2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު  | 
 ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވައިލުން.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން  | 
 ލިބިފައިވާ ތަޖުރިބާ އާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު އިން ނުވަތަ ލިޔުމުން ޖަވާބުދާރީވާންޖެހޭނެއެވެ.  | 
| 
 އިންޓަވިއު ކުރުން  | 
 މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއުކޮށް، ލިޔުމުން ޖަވާބުދާރީކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.dpe.edu.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) ނ- ވަޒީފާއެއް އަދާކުރާނަމަ، މި މަސައްކަތަށް ދޫކުރާނޭކަމުގެ ލިޔުން ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް. ރ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.  ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.  | 
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި  | 
 - މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ (ފިލާ ބިލްޑިންގ 2، (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.  | 
13 ރަމަޟާން 1436
