|  މަޤާމް  | ސްޓޭޓް އެޓަރނީ | 
| މަޤާމުގެނަންބަރު | J-347141, J-347142 | 
| ބޭނުންވާ އަދަދު: | 2 (ދޭއް) | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | ސީ.އެސް 9-2 | 
| މަޤާމުގެ ކްލެސިފިކޭޝަން:  | ލީގަލް ސަރވިސް ޕްރޮފެޝަނަލްސް | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ | 
| ސެކްޝަން | ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް | 
| މުސާރަ: | 11,240ރ (އެގާރަހާސް ދުއިސައްތަ ސާޅިސް ރުފިޔާ) | 
| ސަރވިސް އެލަވަންސް: | 3,600ރ (ތިންހާސް ހަސަތޭކަ ރުފިޔާ) | 
| ސްޕެޝަލް ޑިއުޓީ އެލަވަންސް | ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:         | 
ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒްގެ މަސައްކަތްތައް: 
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައި އެ އެޖެންޑާގެ ދަށުން ތައްޔާރުކުރަންޖެހޭ ބިލުތަކުގެ ދެލިކޮޕީ އެކުލަވާލައި، ސުޕަވައިޒަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ފައިނަލްކުރުމާއި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުމުގެ އެންމެހައި މަސައްކަތެއް ފުރިހަމަކުރުން.  ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވައިލުމުގައާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާތަކަށް ބޭނުންވާ ލެޖިސްލޭޓިވް އެޑްވައިސް ދިނުން.ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާކުރުން.ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަންކަން ފާހަގަކުރުމާއި ދިރާސާކުރުން. ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލައި، އެދާއިރާތަކަށް ހުށަހެޅުން. ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، ޤާނޫނުތައް އުވާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކުރުން.މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ޤާނޫނުތައް އިޞްލާޙުކުރުން.ސަރުކާރުގެ އިދާރާތަކުން އެކުލަވާލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލުމުގައި އެއިދާރާތަކަށް އެހީތެރިވެދިނުން.އަލަށް ގެޒެޓްކުރެވޭ ޤާނޫނުތަކުގެ މަޢުލޫމާތު އޮފީހުގެ ވެބްސައިޓު އާއި އެމްވީލޯގައި ގަވާއިދުން އާންމުކުރުން. ޤާނޫނުގެ ވެރިކަން ނަހަގައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ދިރާސާކުރުމާއި، އެކަމާގުޅޭ އެންމެހައި މަސައްކަތެއް ކުރުން. ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އެންމެހައި ޤާނޫނުތައް ތަރުޖަމާކުރުން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުން. 
ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން މަސައްކަތްތައް: 
ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލުތަކުގައި ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތައް ބަލައި، ދިރާސާކުރުން.ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢްވާކުރާ މަދަނީ މައްސަލަތަކުގައި، ދަޢުވާ ރައްދުވާ އިދާރާއަކުން އިތުރަށް ބޭނުންވާ ހެއްކާ ޤަރީނާއި މަޢުލޫމާތު ހޯދައި، ކަމާގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުން ބޭއްވުން.ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާ ގުޅިގެން ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ޖަވާބު ފޯމު ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅުން.ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކުގައި ކޯޓުން ނުވަތަ ޓްރައިބިއުނަލުން އަންގަވާ ތާރީޚަކާއި ވަގުތަކަށް ޝަރީޢަތުގެ ނުވަތަ މައްސަލަބަލާ މަޖިލީސްތަކަށް ޙާޟިރުވެ، ދައުލަތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ވަކާލާތުކުރުން.ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާ ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ބަޔާންތައް ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅުން.ދައުލަތަށް ދަޢުވާލިބޭ ނުވަތަ ދައުލަތުން ދަޢުވާކުރާ މަދަނީ މައްސަލަތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކުން ޤަރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ބައިނަލްއަޤްވާމީ ޤާނޫނުގެ ނައްސުތައް ބަލައި، ދިރާސާކުރުން.ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ އާބިޓްރޭޝަން، ޑިސްޕިއުޓް ރިޒޮލިއުޝަން އަދި މީޑިއޭޝަން މައްސަލަތަކުގައި ސަރުކާރު ތަމްސީލްކުރުމާއި، މައްސަލަތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންހައި މަސައްކަތެއް ކުރުން.ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން.އެޓަރނީންގެ ބްރީފިންގއަށް ތައްޔާރުވެ ގަވާއިދުން ޙާޟިރުވުމާއި، ބްރީފިންގގައި ބައިވެރިވުން.އިސްތިއުނާފްކުރަންޖެހޭ މައްސަލަތައް ސުޕަވައިޒަރުންގެ ސަމާލުކަމަށް ގެނެސް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، އިސްތިއުނާފްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވާންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައާއި އޮފީހުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން. 
ލީގަލް އެފެއާޒް މަސައްކަތްތައް: 
ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން. ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން. ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން. ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުން. ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ދިނުން. ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ދިނުން. ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއިބެހޭ ގޮތުން ޤާނޫނީ ލަފާދިނުން. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤްކުރުމާ ގުޅޭގޮތުން ސަރުކާރަށް ބޭނުންވާ ލަފާދިނުން. ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން. އެކިއެކި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާއަކަށް ބޭނުންވާ ލަފާދިނުން. ލޯކަލް ކައުންސިލްތަކަށް ބަންޑާރަނައިބު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޤާނޫނީ ލަފާ ދިނުން. ދައުލަތާ ގުޅިންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުން. ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ ލަފާދިނުން.އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވާންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައާއި އޮފީހުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން. ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ބަންޑާރަނައިބު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޤާނޫނީ ލަފާދިނުން. 
ހިއުމަން ރައިޓްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް މަސައްކަތްތައް: 
އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން.ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ވިލަރެސްކުރުން.ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުޞޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.އިންސާނީ ޙައްޤުތަކާއިގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަސްދީޤުކުރުމާގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާއިބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި، މަސައްކަތް ވިލަރެސްކުރުން. ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބައިނަލްއަޤުވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން.ލީގަލް ސެކްޓަރ ރިސޯސް ސެންޓަރ ހަރުދަނާކުރުމަށާއި، ކަމާގުޅޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން ޕްރޮގްރާމްތައް ހިންގުން.ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ ގޮތުން ޢާންމުން ހޭލުންތެރިކުރުވުން.ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމާއި އާންމުކުރުން.އަލަށް ގެޒެޓްކުރެވޭ ޤާނޫނުތަކުގެ މަޢުލޫމާތު އޮފީހުގެ ވެބްސައިޓު އާއި އެމްވީލޯގައި ގަވާއިދުން އާންމުކުރުން.ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ތަރުޖަމާކުރާ ޤާނޫނުތައް އާންމުކުރުން.ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ޗާޕްކުރަމުން، އާކުރަމުން ގެންދިއުމަށްޓަކައި ޤާނުނުފޮތްބައި އިޞްލާޙުކުރުމުގެ މަސައްކަތް ކުރުމާއި އާންމުކުރުން.ޤާނޫނީ އަދި ޝަރުޢީ ދާއިރާއާ ގުޅޭ މުހިންމު އަދި އައު ދިރާސާތަކާއި އިލްމީ ލިޔެކިޔުންތައް ތައްޔާރުކުރުން.ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ ޓްރެއިނިން ސެޝަންތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވެ، ސެޝަންތައް ހިންގައިދިނުން.އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވާންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައާއި އޮފީހުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން. 
އެހެނިހެން މަސައްކަތްތައް: 
އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވާންޖެހޭ ޖަލްސާތަކާއި ބައްދަލުވުންތަކުގައާއި އޮފީހުން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ޖަލްސާތަކާއި ބައްދަލުވުމަކާގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައްކުރުން.މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭގޮތަށް، އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައްކުރުން.  | 
| މަޤާމުގެ ޝަރުޠުތައް:   | ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. | 
| ތަޢުލީމީ ދާއިރާ |  | 
| މަޤާމުގެ މަސައްކަތުގެ ދާއިރާ |  | 
| ހުށަހަޅަންޖެހޭ ލިޔުންތަން: | 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ވެބްސައިޓުންނާއި މި އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު". | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ލީގަލް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (އެއްވަނަ އިސްލާޙު) ގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން؛ - މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް. - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީ މެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަވިއުއަދި ޕްރެކްޓިކަލްއޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް، އަދި އިންޓަރވިއު އޮންނާނީ 21 ނޮވެންބަރު 2024 އާއި 18 ޑިސެންބަރު 2024 އާ ދެމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި ޕްރެކްޓިކަލް އަދި އިންޓަރވިއުށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. | 
| "ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ (A2 ފޯމު)" އާންމުކުރުން | އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް  > "ރެކްރޫޓްމެންޓް އުޞޫލު"  (http://www.csc.gov.mv/policy/Index/40) އިން ލިބެން ހުންނާނެއެވެ. |