ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. ހުށައެޅޭ ލޯގޯތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ލޯގޯ ހުށައަޅާ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ލޯގޯއާއި، ލޯގޯއާއި އެކު ހުށައެޅުމަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ރަސްމީ ގަޑީގައި މިއިދާރާގެ 6580069 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. ލޯގޯ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ޢާންމުކުރީމެވެ.