ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގެވެށި އަނިޔާ އާއި ގުޅުންހުރި "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ސިމްޕޯސިއަމް" ގެ ކޭޓަރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
މި އޮތޯރިޓީގެ ފަރާތުން މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ، ގެވެށި އަނިޔާ އާއި ގުޅުންހުރި "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ސިމްޕޯސިއަމް" ގެ ކޭޓަރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތުސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ނޮވެންބަރު 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
 
ޕްރޮޕޯސަލް ހުށަހެޅުން
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2024 ނޮވެންބަރު 7 ވަނަ ދުވަހުގެ 14:30 އަށް.
 - ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
 
 - އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
 - ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
             29 އޮކްޓޫބަރު 2024
            
        
                    ހޯދާ  
                
                