ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯއްދުން

މި ސްކޫލަށް އަލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގައި 5 ފޫޓު އުސްމިނަށް ވަށާފާރު ރާނަން ބޭނުންވެއެވެ. ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ

އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ

އަންދާސީހިސާބު ފޯމު

އަދި މިނޫންވެސް މުހިންމު ހުރިހާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

04 ރަމަޝާން 1436

21 ޖޫން 2015
ހޯދާ