ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކަލް ކޭބަލެއް އަޅަން ބޭނުން
ޖުމްހޫރީ މައިދާން ކައިރީގައި ހުންނަ އެން.ސީ.އައި.ޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން މިމަދަރުސާގެ ސަރވަރ ރޫމަށް ފައިބަރ އޮޕްޓިކަލް ކޭބަލެއް އެޅުމަށް މިމަދަރުސާއިން ކުރި (2015-6-4) B-MAI/AF/2015/110 އިޢުލާނާ ގުޅިގެން ތިޔަ ފަރާތްތަކުން ބިޑް ހުށަހަޅަފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް (އަމީނިއްޔާސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް (އަމީނިއްޔާސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 29 ޖޫން 2015 (ހޯމަ) ދުވަހުގެ 13:00 އަށް  | 
 02 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:00އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.
05 ރަމަޟާން 1436
